ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ސަރުކާރުން ކޮށްދޭ ކަންކަން ބަލައިގަންނަން ޖެހޭ: އަޝްރަފު
ޚަބަރު

ސަރުކާރުން ކޮށްދޭ ކަންކަން ބަލައިގަންނަން ޖެހޭ: އަޝްރަފު

ޟޟަމްރަތު އަހްމަދު29 މާރިޗު 2026
ސަރުކާރުން ކޮށްދެއްވާ ކަންކަބް ބަލައިގަންނަ ބަޔަކު ނެތްކަމަށްވާނަމަ ބޭނުންވާ މިންވަރަށް ތަރައްގީއާއި ކުރިއެރުން ލިބިގެން ނުދާނޭ ކަމަށް ފަރެސްމާތޮޑާދާއިރާގެ އިއްޒަތްތެރި މެންބަރު އަޝްރަފު ރަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަމިއްލަފުޅު ރަށް ފަރެސްމާތޮޑާގެ ބިންހިއްކުމާއި ބަނދަރު ބޮޑު ކުރުމާއި އޮޑިދޯނިފަހަރު އެހެލާނޭ ތަނެއް އެރަށުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޢިއްޒަތެރި މެންބަރު ވިދާޅުވީ އެރަށުން މިއަދު ފެނިގެން ދިޔައީ ސަރުކާރަކުން ރައްޔިތުންނަށް ޚާއްސަ ސަމާލުކަމަކާއި އަޅާލުން ދެއްވަމުން ގެންދަވާ މިންވަރު ކަމަށެވެ. "ބަޔަކު ކަމެއްކޮށްދޭން ތިއްބަސް އެކަން ބަލައިގަންނަ ބަޔަކު ނެތްކަމަށްވާނަމަ އަޅުގަނޑުމެންނަށް އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެން ބޭނުންވާ ތަރައްގީއާއި ކުރިއެރުން ލިބިގެން ނުދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރުން ފަރެސްމާތޮޑާގެ ތަރައްގީއަށް މިދެއްވާ ސަމާލުކަން އެރަށުގެ އެންމެހާ ރައްޔިތުން ހެޔޮހިތުން ބަލައިގަނެ ސަރުކާރަށް ތާއީދު ކޮށްދެއްވަން މެންބަރު އެދިވަޑައިގެންނެވިއެވެ. "އެހެންވީމާ މިފުރުސަތުގައި ފަރެސްމާތޮޑާގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަނީ ސަރުކާރުން ފަރެސްމާތޮޑާއަށް މިދެއްވާ ޚާއްސަ ސަމާލުކަން ލޮބުވެތި އެންމެހާ ރައްޔިތުން ބަލައިގަނެ ސަރުކާރަށް ވެސް ތާއީދު ދެއްވާށޭ،" އެމަނިކުފާނު ވިދާޅުވިއެވެ. އެވިދާޅުވި ވިދާޅުވުން އިތުރަށް ރައްޔިތުންނަށް ސާފުކޮށްދެއްވަމުން މެންބަރު އަޝްރަފު ވިދާޅުވީ އެޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ސަރުކާރު ބޭނުންވާ ގޮތަކަށް ރައްޔިތުން ވޯޓުދެއްވުމަށެވެ. "އަޅުގަޑު ސާފުކޮށް ދަންނަވާލާނަން ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބަކީ މިކަން އަޅުގަނޑުމެން ސަރުކާރަށް ސާބިތުކޮށް ދެއްވުމަށްޓަކައި ލިބޭނޭ އެންމެފަހި ފުރުސަތު. މި ފުރުސަތުގެ ބޭނުން ހިއްޕަވައި ސަރުކާރަށް ކުރިއަށްއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީ އިންތިޚާބާއި އަދި ފެންނަ ނުފެންނަ (ރިފަރެންޑަމް ވޯޓު) ވެސް ސަރުކާރަށް ކާމިޔާބު ކޮށްދެއްވުމަކީ ތިޔަހުރިހާ ރައްޔިތތުން ވެސް ބޭނުންފުޅުވާނޭ ގޮތްކަމަށް އަޅުގަނޑު ގަބޫލުކުރަން،" އަޝްރަފު ވިދާޅުވިއެވެ. ފަރެސްމާތޮޑާއަކީ ސުޕަރމެޖޯރިޓީ އަކީ ޕީއެންސީއަށް ތާއިދުކުރާ މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގައި މިއަދު ވަނީ މަގުހެދުމުގެ މަސައްކަތް ވެސް ރަސްމީކޮށް ފަށައިފައެވެ. މި މަޝްރޫއުތައް ފަށްޓަވައި ދެއްވީ ރާއްޖޭގެ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.  

ގުޅުންހުރި ޚަބަރު