ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހަނގުރާމައިން ލިބުނީ އިތުރު ހިތްވަރެއް: ރައީސް
ޚަބަރު

ހަނގުރާމައިން ލިބުނީ އިތުރު ހިތްވަރެއް: ރައީސް

މމުހައްމަދު އަލީ30 މާރިޗު 2026
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ލިބިވަޑައިގެންނެވީ އިތުރު ހިތްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހަނގުރާމައާއެކު އެދާއިރާއިން ރާއްޖޭގައި ވުނަކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާކަން ފާހަގަ ވެފައި ކަމަށެވެ. އެހެން ކަމުން މި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މިފަދަ ކަންކަމުގައި ދިވެހި ސަރުކާރުން ގެންގުޅުއްވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ކަމަށް ވެސް ވިދާޅުވިއެވެ. ބޭރުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ރާއްވަވާފައިވާ އިޖުތިމާޢީ މަޝްރޫޢުތަކަށް ހަނގުރާމައިގެ ސަބަބުން އަސަރުކުރާނޭތޯ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި ފަދަ ހާލަތެއްގައި ފަންޑިންގ އޭޖެންސީތަކުން އެ ފަރާތްތަކުގެ ތަރުތީބުތަކަށް ބަދަލުގެންނާނޭކަން ވިސްނަންޖެހޭނޭ ކަމަށެވެ. އެހެންކަމުން އަމިއްލަ ގާބިލިއްޔަތު ހުރި މިންވަރަކުން، އަމިއްލައަށް  ކުރެވޭ މަސައްކަތްތަކަށް އިސްކަންދޭންޖެހޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ހަގީގަތަށްވިޔަސް ރާއްޖެއާ ރަޙުމަތްތެރި އެތައް ޤައުމަކުން، އެފަދަ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ލޮޅުންތަކެއް ކުރިމަތިވިޔަސް އެޕްރީލް މަހުގެ 8 ވަނަ ދުވަހު ދައްކަން ޖެހޭ ސުކޫކު ދެއްކޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ނިމުމާއެކު ސަރުކާރުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަވެސް އެމަނިކުފާނު މިއަދު ދޮގުކުރެއްވިއެވެ.  

ގުޅުންހުރި ޚަބަރު