ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އައުސަހަރާ މިސްކިތް ނިމިއްޖެ، ދެންއޮތީ ހުޅުވުން
ޚަބަރު

އައުސަހަރާ މިސްކިތް ނިމިއްޖެ، ދެންއޮތީ ހުޅުވުން

އއަހުމަދު މުހައްމަދު2 އޮކްޓޯބަރު 2024
މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތްކޮށް މިހާރުވަނީ ނިމިފައި ކަމަށް މާލޭސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ. ކައުންސިލުން ވިދާޅުވީ ސަހަރާއާއި މިސްކިތް ހުޅުވުމަށް މިހާރު ނިންމާފައިވަނީ އޮކްޓޯބަރު ހަތަރެއްވާ ހުކުރުދުވަހު ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ސަތޭކަފަސްދޮޅަސް ފަސްވަނަ އާންމު ޖަލްސާއިންނެވެ. އައުސަހަރާ މިސްކިތް މަރާމާތް ކުރުމަށް ބަންދުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގައެވެ. ނަމަވެސް ވަރަށް ގިނަ ސަބަބުތަކާއި މައްސަލަތައް ކުރިމަތި ވުމުގެ ސަބަބުން، މި މަސައްކަތް ދާންވީ ހަލުވި މިނުގައި ކުރިޔަށް ގޮސްފައި ނުވާކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ. މި މަސައްކަތާ، ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް، ފައިސާ ދިން ނަމަވެސް މަސައްކަތް، އެދެވޭ ގޮތެއްގައި ކުރިޔަށް ނުދިއުމުގެ ސަބަބުން ކޮންޓެކްޓް ބާޠިލް ކުރަން ވެސް ޖެހުނު ކަމަށް ވިދާޅުވެފައިވެއެވެ. މަރާމާތަށް އައުސަހަރާ ބަންދުކުރުމުން، މާލެ، ވިލިމާލޭގައި ނިޔާވި މީހުންގެ ޖަނާޒާ ބާއްވައި ވަޅުލުމަށް ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް ވަރަށް ގިނަ ދަތިތަކާއެކު ވެސް އާސަހަރާ މިސްކިތާއި އާސަހަރާގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. މިމަސައްކަތަށް ހުރިހާ ކައުންސިލަރުން ދެއްވި އެއްބާރުލުމަށް ޓަކައި ހުރިހާ ކައުންސިލުން ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.  

ގުޅުންހުރި ޚަބަރު