ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބުރަފައްޗެއްގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ
ޚަބަރު

ބުރަފައްޗެއްގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

މމުހައްމަދު އަލީ1 އޭޕްރީލް 2026
ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ޖަރުމަނުވިލާތުން ރާއްޖެއަށް އައިސް އުޅުނު މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. ހާދީސާ ހިނގާފައިވަނީ އދ. އަތޮޅު މަންތާ ޕޮއިންޓުގައެވެ. ފަތުރުވެރިޔާ އެތަނަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔާ ދޯނީގެ ބުރަފަތީގައި ޖެހި މަރުވިކަމުގެ ރިޕޯޓު ލިބިފައިވަނީ އޭޕްރީލް 1 ވަނަ ދުވަހުގެ ހެނދުނު 09:59 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. ފަތުރުވެރިޔާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު