ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ "އާއެނކޭ": ދިޔާނާ
ޚަބަރު

ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ "އާއެނކޭ": ދިޔާނާ

ޟޟަމްރަތު އަހްމަދު3 އޭޕްރީލް 2026
އިންތިޚާބީ ޚަރަދުތައް ކުޑަކޮށް، އަދި ޖުމްލަކޮށް ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރަން ބޭނުންނަމަ މަދަމާ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ އާނއެކޭ ކަމަށް  ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ދިޔާނާ ވަނީ އެކަމުގެ ސަބަބުތައްވެސް ވިދާޅުވެދެއްވައިފައެވެ. (1) "ދެއިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސަލާމަތްކުރެވެނީ ހުސްއެކަނި އިންތިޚާބު ބޭއްވުމަށް ހިނގާ އިދާރީ ޚަރަދުގެ 80 މިލިއަނެއްހާ ރުފިޔާއެއްނޫން. ކޮންމެ އިންތިޚާބަކާ ދިމާކޮށް އެކިއެކިސަރުކާރުތަކުން، ދަތުރުފަތުރާއި ނުފޫޒުފޯރުވުމަށް ދައުލަތުގެ މާލިއްޔަތުން ކުރާ ބޭކާރު އެތަކެއް ޚަރަދާއި އަދި ރިޝްވަތުގެ ގޮތުގައި ފޭދިގެންދާ ބަޔާއެކު ބޮޑު އެއްޗެއް ސަލާމަތްކުރެވޭ." (2) "ޚަރަދު ސަލާމަތްކުރެވޭނީ ހިންގުމުގެ ނިޒާމުގެ ހުރިހާ ދިމާލަކުން ޚަރަދު ކުޑަކޮށްގެންކަމަށްވާތީ މިއީވެސް ޚަރަދު ކުޑަކުރުމުގެ މުހިއްމު ފިޔަވަޅެއްކަމަށް ދެކެންޖެހޭ،" (3) "ދިވެހިރާއްޖޭގެ އާބާދީއަކީ މުސްކުޅިވަމުންދާ އާބާދީއެއް. ދަރިމައިވާ ޢަދަދު ރިޕްލޭސްމެންޓް ލެވެލްއަށްވުރެ ދަށްވުމުގެ ސަބަބުން 5 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ މުސްކުޅިވަމުންދާ އާބާދީއަކަށް ބަދަލުވާނެ. އަދި 15 ވަރަކަށް އަހަރުގެ ތެރޭގައި މުސްކުޅިވެފަ އޮތް އާބާދީއަކަށް ބަދަލުވާނެ. މި ޙާލަތަށް ރާއްޖެ ދާއިރު، އަޅުގަނޑުމެންގެ ރައްޔިތުންގެ ޙާލަތަށް ބޭނުންވާނޭ ޞިއްޙީ ޚިދުމަތްތައް ލިބިދިނުމަށާއި އަދި ދެމެހެއްޓެނިވި މާލީ ޢިނާޔަތް ލިބިދިނުމަށް ތައްޔާރުވުމަށްޓަކާ މިހާރުންމިހާރަށްވެސް ދައުލަތް ހިންގުމުގެ ޚަރަދުތައް ހުރިހާ ދިމާލަކުން ކުޑަކުރަންޖެހޭ،"  

ގުޅުންހުރި ޚަބަރު