ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މިސަރުކާރުއައި ފަހުން ރައްޔިތުންނަށްވީ ފައިދާއެއްނެތް: ޢާޒިމް
ޚަބަރު

މިސަރުކާރުއައި ފަހުން ރައްޔިތުންނަށްވީ ފައިދާއެއްނެތް: ޢާޒިމް

ޟޟަމްރަތު އަހްމަދު4 އޭޕްރީލް 2026
ރާއްޖޭގެ ވެރިކަމަށް ޕީއެންސީ އައިފަހުން ރައްޔިތުންނަށްވީ އެއްވެސް ފައިދާއެއްނެތް ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރުކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ކުރެއްވި ދިގު ކެންޕޭން ނިންމާލުމަށް މާލޭގައި މިއަދު ހަވީރު ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ މިސަރުކާރު އައިފަހުން ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ލިބެމުން އަންނަނީ ނިކަމެތިކަން ކަމަށެެވެ. އެގޮތުން ސިއްހީދާއިރާ މިހާރުވަނީ އެއްކޮށް ހުއްޓިފައި ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޭސް ރައްޔިތުންނަށް ކާންދޭން އައި ސަރުކާރަށް ސިއްހީދާއިރާއިން ހޯދުނު ކުރިއެރުމެއްނެތް ކަމަށެވެ. އާސަންދަ އާއި އެންސްޕާއިން ރައްޔިތަކަށް ލިބޭ އެހީއެއްނެތް ކަމަށާއި ކިރިޔާކަމެއްވިސް ވަނީ އާދޭސް ދަންނަވައިގެން ކަމަށް ވިދާޅުވިއެވެ. ބޭސް ފިހާރަތަކުން ބޭސް ހުސްވެ ރައްޔިތުންގެ ކެތްތެރިކަން  މިހާރު ވަނީ ކޮޅުންލައިފައި ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ސިއްހީ ދުޅަހެޔޮކަމަށް ސަރުކާރުން އިސްކަންދޭންޖެހުނަސް އެޒިންމާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އުފުއްލަވާފައި ނުވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެހެން ކަމުން މިހާރުވަނީ ރައްޔިތުން ކުރިން ނިކަމެތި ނުވާވަރަށް ނިކަމެތިވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ސަރުކާރާއި، ސުޕަރމެޖޯރިޓީއާއެކު މަޖިލީސް ޕީއެންސީއަށް ދިނީ ކެންޕޭނުގައި ދެއްކި ވާހަކަތަކަށް ކުރެވުނު އުންމީދެއްގެ ބޮޑުކަމުންނެވެ. އެހެންމަވެސް މާދަމާ ބާއްވާ އިންތިޚާބުގައި ރައްޔިތުންތިބީ ޕީއެންސީއަށް ނޯ ބުނަން ކެތްމަދުވެފައި ކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައްޔިތުން މިހާރު ބޭނުންވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދީގެން އެމީހުންނާ  ގޮނޑިތައް ހަވާލުކުރަން ކަމަށް ވެސް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު