ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް: ފައްޔާޒު
ޚަބަރު

ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް: ފައްޔާޒު

ޟޟަމްރަތު އަހްމަދު5 އޭޕްރީލް 2026
މި ސަރުކާރު ބަދަލު ކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވި އންތިޚާބުތަކުގައި އެމްޑީޕީ ހޯދި ކާމިޔާބީއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ މި ކާމިޔާބީއާއެކު "ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ،" ކަމަށެވެ. "މިއަދުގެ (އިއްޔެ) ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފަ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އިތުބާރުކޮށް، ރައީސްގެ ހުދުމުހުތާރު އެޖެންޑާއާ ދެކޮޅަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ ސަރުކާރުން ބާރުތައް މަސްހުނި ކުރުމާއޮ އިގްތިސާދު ފަނާކުރުމާއި ސަރުކާރުގެ އަނިޔާވެރިކަމަށް ދެކޮޅަށް ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ. ނުވަތަ ރައްޔިތުން ދިން މެސެޖެއް ކަމަށެވެ. "މިއީ ބާރުތައް މަސްހުނިކުރުމާއި، އިގުތިސާދު ފަނާކުރުމާއި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް،" އޭނާ ވިދާޅުވެފައިވެއެވެ. \ ފައްޔާޒު ވިދާޅުވެފައިވަނީ އެމްޑީޕީއަށް އިންތިޚާބުން ލިބުނު ކާމިޔާބީގެ  އަސްލަކީ ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް ގައުމީ މަސްލަހަތަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ނުވަތަ ނަތީޖާ ކަމަށެވެ. "ރައްޔިތުންގެ އަޑު އުފުލައި، މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް. ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނި،" މި އިންތިހާބުގައި ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނަށް ފައްޔާޒު ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި މި ކާމިޔާބީގެ އަސްލަކީ ޕާޓީގެ ހިތްވަރުގަދަ އާންމުން މެންބަރުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއް އަމާޒަކަށް މަސައްކަތް ކުރެއްވި ރައީސް ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި ޗެއަރޕާސަން އަބްދުލްޣަފޫރާއި، ޕާޓީގެ ލީޑަރޝިޕަށް ފައްޔާޒު ވަނީ ޝުކުރުދަންނަވައިފައެވެ.  

ގުޅުންހުރި ޚަބަރު