ދިވެހި|English 24 އޮގަސްޓު 2026 · 07:37
Top banner
Advertisement
ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާއަށް ވަޑައިގަންނަވަނީ
ޚަބަރު

ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާއަށް ވަޑައިގަންނަވަނީ

މމުހައްމަދު އަލީ5 އޭޕްރީލް 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒައި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާދާ ސަޢުދީޢަރަބިއްޔާއަށް ފުރައިވަޑައިގަންވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސްގެ ދެކަނބަލުން އެޕްރީލް ހަވަނަ ދިވަހު ސަޢޫދީއަށް ފުރައިވަޑައިގަންނަވަނީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ކަމަށެވެ. މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު