ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސަރުކާރުން ދެން ކުރައްވަންވީ ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުން: އިބޫ
ޚަބަރު

ސަރުކާރުން ދެން ކުރައްވަންވީ ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުން: އިބޫ

މމުހައްމަދު އަލީ5 އޭޕްރީލް 2026
އިއްޔެ ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއިން ދައްކައިދެނީ  ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިވާކަން ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެޑުވައިޒަރު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިނަތީޖާއިން ބުނެދެނީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ. ރައްޔިތުން މި އަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ،" އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެފައިވެއެވެ. ސަރުކާރުން ދެން ކުރައްވަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށް ވެސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވެއެވެ. އިބޫ ވަނީ އެމްޑީޕީގެ ފަރާތުން މި އިންތިޚާބު ކާމިޔާބު ކުރެއްވި މޭޔަރުންނާއި، ކައުންސިލުގެ ރައީސުންނާއި، ޑަބްލިއު ޑީސީ ގެ ރައީސުންނައި، އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ތަހުނިޔާ ވިދާޅިވެފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވި އެމްޑީގެ ހުރިހާ މެންބަރުންނާއި އެޕާޓީއަށް ހެޔޮއެދޭ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވެސް އިބު ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު