ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައްޔިތުން އިއްޔެ އެޅީ ބަދަލު ހިފުމުގެ ވޯޓެއް: މަލީހު
ޚަބަރު

ރައްޔިތުން އިއްޔެ އެޅީ ބަދަލު ހިފުމުގެ ވޯޓެއް: މަލީހު

މމުހައްމަދު އަލީ6 އޭޕްރީލް 2026
އިއްޔެ ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގައި ރައްޔިތުން ނުކުމެ އެޅީ ބަދަލު ހިފުމުގެ ވޯޓެއް ކަމަށް ޕީއެންއެފްގެ ސެކްރެޓަރީޖެނެރަލް އަދި ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. އެކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ "އިއްޔެ ރާއްޖޭގެ ރައްޔިތުން ނިކުމެ އެޅީ ބަދަލުހިފުމުގެ ވޯޓެއް. މި ވޯޓުން އެންމެ ސާފުވި އެއްކަމަކީ މުއިއްޒުގެ އޮޅުވާލުމާއި ހީލަތްތެރިކަން ރައްޔިތުން ބަލައި ނުގަންނަކަން،" އޭނާ ވިދާޅުވެފައިވެއެވެ. ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ  ރައީސް ޔާމިނަށް އޮތް ތާއީދުގެ ބޭނުން ކުރައްވައިގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "އެތާއީދުގެ މަތީގައި ވެރިކަމަށް އާދެވުނީމަ މިނިކާ ބާޒެއްހެން މުޅި ވެރިކަން އަމިއްލަ ކުރުން ބަލައި ނުގަންނަކަން،" ރައްޔިތުން ސާފުކޮށް މިވަނީ ބުނެފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މަލީހު ވިދާޅުވެފައިވަނީ ވެރިކަމުގެ ތިން އަހަރުތެރޭ ދައުލަތުގެ ތެރޭ އޮތް ވައްކަމާ ކޮރަޕްޝަނަށް ރައްޔިތުން މިވަނީ "ނުރުހޭކަން" ހާމަކޮށްފައި ކަމަށެވެ. އަދި ސަރުކާރު ނުހިންގާތީ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައިކަން ވެސް ވޯޓުން މިވަނީ ބުނެދީފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް ޕީއެންސީގެ ނަމުގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ރައީސް ޑރ. މުޢިއްޒު، ރައީސް ޔާމީނާ މެދު ޢަމަލު ކުރައްވާގޮތުން ރުޅި އައިސްފައިކަން ވެސް މި ވޯޓުން ހާމަވެގެން ދިޔާ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު