ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް ދިރުން ލިބޭނެ
ޚަބަރު

އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް ދިރުން ލިބޭނެ

މމުހައްމަދު އަލީ6 އޭޕްރީލް 2026
އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން  މިނިސްޓަރ އޮފް ސިޓީސް، ލޯކަލްގަވަރމެންޓް، ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ. އެކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. "އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރަން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު