ޚަބަރު
ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްކަރޓްރިޖުތަކެއް އަތުލައިގެންފި
ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްކަރޓްރިޖުތަކެއް އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
https://twitter.com/CustomsMv/status/2041075727219724484
މި ސާމާނު ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ އެޕްރީލް ފަސް ވަނަދުވަހު ކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވެފައިވެއެވެ. އެ ތަކެތި އެތެރެ ކުރަން މަސައްކަތް ކުރީ ކަނޑު މަގުންނެވެ. ކަސްޓަމްސް އިން ވިދާޅުވެފައިވަނީ 1940 ވޭޕްކަރޓްރިޖު ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިއެއްޗެހި އަތުލައިގަތުމަށްފަހު މައްސަލަ ބަލަން ފަށާފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވެފައިވެއެވެ.