ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ ބޮޑު އުންމީދެއް އޮތީމާ: ފައްޔާޒު
ޚަބަރު

އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ ބޮޑު އުންމީދެއް އޮތީމާ: ފައްޔާޒު

ޟޟަމްރަތު އަހްމަދު8 އޭޕްރީލް 2026
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ދިވެހި ރައްޔިތުން ނުކުމެ އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެޕާޓީއާމެދު އަދިވެސް އުންމީދެއް އޮތީމައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "މުއިއްޒުއަށް ބޮޑުތަނުން ނޫނެކޭ ބުނެ މިފަހަރުގެ ވޯޓުގައި ރައްޔިތުން އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެމްޑީޕީއާ ދޭތެރޭ އަދިވެސް އުންމީދެއް އޮތަތީ. ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން ތިބީ ނުރުހިފައި. މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް. ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ އެމްޑީޕީއާ،" ފައްޔާޒު ވިދާޅުވެފައިވެއެވެ. މިއީ ރައްޔިތުންގެ ފަރާތުން ދިން އުންމިދީ ހުޅުކޮޅެއް ކަމަށާއި އެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ "އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް،" ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެމްޑީޕީއަށް އިންތިޚާބުން ލިބުނު ކާމިޔާބީއަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި، މި މަސައްކަތުގައި އެ ޕާޓީގެ މެންބަރުން ދައްކާފައިވަނީ އަދާޔާޚިލާފު ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެ ޕާޓީގެ މެންބަރުންގެ އިތުރުން އެތަކެއް އާންމު ރައްޔިތުން ނުކުމެ ސާބިތުކޮށްދީފައިވަނީ ގާނޫނުއަސާސީގެ ހިމާޔަތާއި، ޑިމޮކްރަސީގެ ދިފާއުގައި ތިބޭނޭ ކަމުގެ ހިތްވަރު ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. "ފެންނަ ނުފެންނަ ވޯޓުގައި 70 ޕަސެންޓުން މި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފި. ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މެންޑޭޓެއް މި ސަރުކާރުގައި މިހާރު ނެތް. މިހާރު ގެނެސްފައި ހުރި ބަދަލުތައް ވެސް އަނބުރާ ގެންދަންޖެހޭ. އެކަމަކު ގާނޫނުއަސާސީ އާއި ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރަން. އިސްލާހީ މަސައްކަތަކީ އަބަދުވެސް ކުރަން ޖެހޭ މަސައްކަތެއް، އެ މަސައްކަތުގައި މަޑުޖެހުމެއް ނެތް. ޒަމާނުއްސުރެ ދައުލަތް ހިންގުމުގެ ނިޒާމަށް ދިވެހިން ގެންނަން ބޭނުންވެފައި ތިބި ބަދަލުތަކުގެ ކަރުދާހަކާއެކު އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ދާނަން،" އޭނާ ވިދާޅުވެފައިވެއެވެ. ފައްޔާޒު ވިދާޅުވެފައިވަނީ އެބަދަލުތައް ގެނެވޭނޭ އިންތިޒާމުތަކެއް ހޯދާނީ ރައްޔިތުންނާ މަޝްވަރާކޮށް ޚިޔާލު ހޯއްދަވައިގެން ކަމަށެވެ.  

ގުޅުންހުރި ޚަބަރު