ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ފީނަން ފޭބި ނޭޕާނުގެ މީހަރު މަރުވެއްޖެ
ޚަބަރު

ފީނަން ފޭބި ނޭޕާނުގެ މީހަރު މަރުވެއްޖެ

މމުހައްމަދު އަލީ8 އޭޕްރީލް 2026
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް މީހަކު މަރުވެއްޖެއެވެ. އޭނާ ފީނަންދިޔަ ފަހުން ޚަބަރެއް ނުވެގެން މިއަދު ހެނދުނު 06:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހަށް ރިޕޯޓު ކުރުމާއެކު ވިލިމާލެ ޕޮލިހާއި، މެރިން ޕޮލިސް ގުޅިގެން އޭނާ ހޯދަން މަސައްކަތް ފެށިއެވެ. އެ މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހާ ނިޔާވީ މޫދުން ނަގައިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު