ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެސްޓީއޯއިން ގޭސްޝިޕްމެންޓެއް ގެނެސް ވިއްކަން ފަށައިފި
ޚަބަރު

އެސްޓީއޯއިން ގޭސްޝިޕްމެންޓެއް ގެނެސް ވިއްކަން ފަށައިފި

މމުހައްމަދު އަލީ8 އޭޕްރީލް 2026
ރާއްޖެއަށް ބޭނުންވާ ކައްކާ ގޭސް ޝިޕްމެންޓެއް އިއްޔެ ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެ ޝިޕްމަންޓު މިހާރު ވަނީ އާންމުކޮށް ވިއްކަން ފަށައިފައެވެ. މި ޝިޕްމެންޓު ލިބުމުން ގޭސް ލިބުމަށް ދިމާވި ދަތިކަން މިހާރުވަނީ ފިލައިފައި ކަމަށް ވެސް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. އެ ދަތިކަން ހައްލުކޮށް އެކުންފުނީން ދިހަ ކިލޯގެ ގޭސް ފުޅި މިހާރު ލިބެންހުންނާނޭ ކަމަށް ވެސް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. "ގޭހުގެ އައު ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށް މިހާރު 10ކިލޯގެ ގޭސް ފުޅި މޯލްޑިވްސް ގޭސް އިން ލިބޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން." އެސްޓީއޯއިން މީޑިއާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވެފައިވެއެވެ. އެސްޓީއޯ އިން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދަވާ ކަމަށެވެ. "މިކަމުގައި ޚާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަންވެސް ފާހަގަކޮށްލަން،" އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު