ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އުދަރެސް ބޯޓުން ގެއްލުނު މީހާ ފެނިއްޖެ
ޚަބަރު

އުދަރެސް ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

މމުހައްމަދު އަލީ9 އޭޕްރީލް 2026
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ”އުދަރެސް“ ބޯޓު ފަރަކަށް އަރައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހާ ސަލާމަތުން އޮއްވާ ކަނޑުމަތިން ފެނިއްޖެއެވެ. އެ މީހާ ފެނިފައިވަނީ އޮޔާދިޔަ ލަކުޑި ޕެލެޓެއް މަތީގައި އޮއްވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ފެނިފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށެވެ. އެމީހާ ފެނިފައިވަނީ 2026 އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 10:15 އެހައިކަންހާއިރުއެވެ. ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމީހާއަށް މިހާރު ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ބޯޓު އަޑިއަށްދިޔައީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 އެހައިކަންހާއިރު އެވެ. މި ބޯޓުގައި ޖުމްލަ 13 މީހަކު ދަތުރުކުރިއެވެ. ހާދިސާ ހިނގުމާއެކު ބިދޭސީއަކު ވަނީ ފަތާފައިގޮސް ލ. އޮޅުވެއްޔަށް އަރާފައިފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ވަނީ ނަގައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީއެކެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލު ރަނގަޅެވެ. މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާވެސް މިފެނުނީއެވެ.  

ގުޅުންހުރި ޚަބަރު