ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އޮޕަރޭޝަން އަލިމަގު: ހަތަރު މީހަކަށް ދައުވާ ކުރަން އެދި ފޮނުވައިފި
ޚަބަރު

އޮޕަރޭޝަން އަލިމަގު: ހަތަރު މީހަކަށް ދައުވާ ކުރަން އެދި ފޮނުވައިފި

މމުހައްމަދު އަލީ10 އޭޕްރީލް 2026
"އޮޕަރޭޝަން އަލިމަގު"ގެ ދަށުން މިއަހަރު ޖެނުއަރީ އެގާރަވަނަ ދުވަހު މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމައި، އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފިއެވެ. އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިއަދު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާ ހަތަރު މީހުންނަކީ ގއ. ވިލިނގިލީ، ޝެވޯނާ، ޝައްފާޙް ލަޠީފާއި، އެރަށު، މިޔުޒިކީގޭ، އަޙުމަދު މަދީހުއާއި، ހަމަ އެރަށު، އައިޒަން، އަޙްމަދު އަނާމް އިބްރާހީމާއި، އެރަށު، އަރާއިރުގޭ، ނޫރުއްނިޡާމް އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު