ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޕާޓީން ވަކިވާން އެދި އޮންލައިންކޮށް ހުށަހެޅޭނޭ ގޮތް ހަދައިފި
ޚަބަރު

ޕާޓީން ވަކިވާން އެދި އޮންލައިންކޮށް ހުށަހެޅޭނޭ ގޮތް ހަދައިފި

އއަހުމަދު މުހައްމަދު3 އޮކްޓޯބަރު 2024
ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ގާއިމްކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ފޯރުކޮށްދޭން ފެށި ހިދުމަތެކެވެ. އީސީން ވިދާޅުވެފައިވަނީ މިއަދުން ފެށިގެން، މި ހިދުމަތް ލިބޭނޭ ކަމަށެވެ. ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދޭނަމަ my.elections.gov.mv "މައި ޕޯޓަލް" މެދުވެރިކޮށް މި ޚިދުމަތް ފަސޭހަކަމާއެކު އާންމުނަށް ބޭނުންކުރެވޭނޭ ކަމަށް އީސީން ބުނެފައިވެއެވެ. އަދި މިޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުމެއްގެ އަޕްޑޭޓު ވަގުތުން ފެންނާނެއެވެ. "މައި ޕޯޓަލް" މެދުވެރިކޮށް މި ޚިދުމަތް ދޭން ފެށުމާއެކު، މީގެކުރިން ބޭނުންކުރަމުން އައި "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ބޭނުންކުރުން މިހާރުވަނީ ހުއްޓާލައިފައެވެ. މި ޚިދުމަތްދިނުމަށް ހަމަޖައްސާފައިވަނީ މިހާރުވެސް ސަރުކާރުގެ އެކިއެކި ޚިދުމަތްތަކަށް ބޭނުންކުރާ، އީ-ފާސް މެދުވެރިކޮށްގެންނެވެ. އެހެންކަމުން، ޕާޓީއަކުން ވަކިވާން އެދި ހުށަހަޅާއިރު އިތުރު ލިޔެކިއުމެއް ބޭނުމެއް ނުވާނެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ، އަދި އިތުބާރުކުރެވޭ ނިޒާމެއް ކަމަށް އިސީން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު