ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެއްދޮނުގައި ތިންބުޅި!
ރިޕޯޓް

އެއްދޮނުގައި ތިންބުޅި!

އއަޙްމަދު ސަޢީދުު12 އޭޕްރީލް 2026
މަސްރަޙު ދިރާސާކުރާ ފަރާތްތަކުންނާއި މީޑިއާގައި ދައުރުވާ ފޮޓޯތަކަށް ބަލާއިރު، އީރާނުން މިހާރު ކުޅެމުންދާ ސިޔާސީ "ޗެސް" ކުޅިގަނޑަކީ ވަރަށް ބޮޑު ރޭވުމެއްގެ ތެރެއިން ކުރިއަށްދާ ކަމެއްކަން ފާހަގަކުރެވެއެވެ. މިކަން ކާމިޔާބުވެއްޖެނަމަ، މިއީ ހަމަ ހަގީގަތުގައިވެސް އެއްދޮނުގައި ތިންބުޅި ޖެހުން ކަހަލަ ކަމެކެވެ. އީރާނުގެ މި ސްޓްރެޓެޖީގެ ތިން އަމާޒަކީ: ހޮރުމޫޒު ކަނޑުއޮޅި: ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ހިތް ކަމަށްވާ ހޮރުމޫޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ހޯދައި، އިގްތިސާދީ ގޮތުން ހުޅަނގުގެ ބާރުތަކަށް ނުފޫޒު ފޯރުވުން. ހަނގުރާމައިގެ މައިދާން: ސަރަޙައްދީ ހަނގުރާމައިގައި އިސްލާމީ އުންމަތުގެ ދުޝްމަނުންނާއި، ޚާއްޞަކޮށް އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ވަރުގަދަ ރައްދެއް ދީ، އަސްކަރީ ގޮތުން އަމިއްލަ ބާރު ދެއްކުން. ބައިނަލްއަގުވާމީ މަސްރަޙު: ބައިނަލްއަގުވާމީ ސިޔާސީ މަސްރަޙުގައި އީރާނަކީ އެކަހެރިކޮށްލެވޭނެ ގައުމެއް ނޫންކަން ސާބިތުކޮށްދީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި އަމިއްލަ ވަޒަން ދެއްކުން. ފެންނަން ހުރި ފޮޓޯތަކާއި މަޢުލޫމާތުތަކަށް ބަލާއިރު، އީރާނުގެ މި ހިތްވަރުގަދަ ފިޔަވަޅުތަކަކީ މުޅި ސަރަޙައްދުގެ ބާރުގެ މިސްރާބު ބަދަލުކޮށްލާނެ ކަންކަމެވެ. މިއީ ހަމައެކަނި އަސްކަރީ ކުރިއެރުމެއް ނޫނެވެ. މިއީ ސިޔާސީ އަދި އިގްތިސާދީ ގޮތުންވެސް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ.  

ގުޅުންހުރި ޚަބަރު