ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މެންބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި
ޚަބަރު

މެންބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

މމުހައްމަދު އަލީ12 އޭޕްރީލް 2026
ރައްޔިތުންގެ މަޖިލީހުގެ ސ. ހިތަދޫ އުތުރުދާއިރާގެ، ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެކަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ. އެ ކޯޓުން މިގޮތަށް ހުކުމް ކުރެއްވީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޢާއިޝާ ޝުޖޫން އެވެ. ދެން ތިއްބެވީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު، ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު، ޙުސައިން ޝަހީދާއި، ފަނޑިޔާރު، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު މުޙައްމަދު ސަލީމެވެ. އޭނާގެ ގޮނޑި ގެއްލުނު ކަމަށް ޙުކުމް ކުރެއްވީ ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ސ. ހިތަދޫ ކޯޓުގެ ޙުކުމާ އެއްގޮތަށް ދައްކަވަމުން ނުގެންދަވާތީ ކަމަށް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވެފައިވެއެވެ. ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހޮވި ވަޑައިގެންނެވީ 2024 ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ.  

ގުޅުންހުރި ޚަބަރު