ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ވައްކަން ކުރި މީހަކަށް އަލުން އަދަބު ކަނޑައަޅުމަށް ހައިކޯޓުން އަންގައިފި
ޚަބަރު

ވައްކަން ކުރި މީހަކަށް އަލުން އަދަބު ކަނޑައަޅުމަށް ހައިކޯޓުން އަންގައިފި

އއަހުމަދު މުހައްމަދު2 އޮކްޓޯބަރު 2024
މި މައްސަލައަކީ ސ. ހިތަދޫ އުތުރުގެ އަމްޔޫން އިބްރާހީމް ދަންވަރު ވަގުތުގައި ސ. ހިތަދޫ / ޗަމްޕާޕޫލްމާގެ ގޭގެ އިންފާރުމަތިން އަރައިގެން އެގޭގެ ވެރިފަރާތުގެ ހުއްދަނެތި އެގެއަށް ވަދެ  ސެމްސަންގް ގެލެކްސީ ނޯޓު މޯބައިލް ފޯނަކާއި ވޮލެޓަކާއި ޕާސްއެއްގައި ފައިސާތަކެއް ވަގަށް ނެގި މައްސަލއަކާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ކުރި، ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެކެވެ. މި މައްސަލައިގައި އޭނާގެ އިއުތިރާފުން މައްސަލަ ޝަރިއަތަށް ސާބިތުވާތީ ހުއްދަނެތް ތަނެއްކަން އެނގިހުރެ ތަނަކަށް ވަނުމުގެ ކުށާއި ވައްކަން ކުރުމުގެ ކުށުން އަމްޔޫން ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައ،ި އޭނާގެ އަދަބު ކުޑަކޮށް ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން އެހުކުމް ތަންފީޒުކުރާ އިދާރާއާ ހަވާލު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އަންގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް ޕްރޮސިކިއުޓަރ ޖެެނރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން އެދިފައިވަނީ އަމްޔޫންގެ މައްޗަށް އެނގިހުރެ ހުއްދަނޫންތަނަކަށް ވަނުމުގެ ކުށް ސާބުތުވިނަމަވެސ،ް އެކުށަށް އަދަބު  ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އެ ގޮތަށް ނިންމާފައިވަނީ ޝަރުއީ ނުވަތަ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ކަނޑައަޅައ،ި އަމްޔޫންގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާގެ އަދަބު ކަނޑައަޅައިދިނުމަށެވެ. އެ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައި ވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާގައި އަމްޔޫނަށް އަލުން އަދަބު ލަނޑައެޅުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޯޓަށް މައްސަލަ ތަހުވީލު ކުރާ ކަމަށެވެ.

ގުޅުންހުރި ޚަބަރު