ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ކެބިނެޓް އަލުން އެކުލަވާލައްވައިފި
ޚަބަރު

ކެބިނެޓް އަލުން އެކުލަވާލައްވައިފި

މމުޙައްމަދު ނަސީރު ޢަލީ15 އޭޕްރީލް 2026
ވަޒީރުންގެ މަޖިލީހުގެ 10 މެންބަރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމުން އެމަޖިލީހުގެ ޢަދަދު 15 އަށް މަދުކުރައްވައި، އަލުން  މަޖިލިސް އެކުލަވާ ލައްވައިފިއެވެ. ވަޒީރުންގެ މަޖިލީހަށް މި ގެންނެވި ބަދަލާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 12 ވަޒީރަކު އައްޔަން ކުރައްވައިފައެވެ. އެބޭފުޅުންގެ މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ރައީސް އޮފީހުގައެވެ. ހުވާ ކުރެއްވުމުން ރައީސް ވަނީ މަޤާމުގެ ފަތްކޮޅު އެބޭފުޅުންނަށް ދެއްވައިފައެވެ. ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުން:
  1.  މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު 2. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން 3. މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް 4. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢު 5. މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ 6. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު 7. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 8. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން 9. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު 10. މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު 11. މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް 12. މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފް
މި ބޭފުޅުންނަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ. މި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ. ޑިފެންސް މިނިސްޓްރީއަށާއި، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް އަދި ބޭފުޅަކު އައްޔަން ނުކުރައްވައެވެ. ރައީސް މިގެންނެވި ބަދަލުތަކުގައި ކުރިން ވަކިން ހިންގެވި ބައެއް ވުޒާރާތައް ވަނީ އެއްކުރައްވައިފައެވެ.  

ގުޅުންހުރި ޚަބަރު