ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޑިފެންސް މިނިސްޓަރަކަށް ޙަސަން ރަޝީދު އައްޔަން ކުރައްވައިފި
ޚަބަރު

ޑިފެންސް މިނިސްޓަރަކަށް ޙަސަން ރަޝީދު އައްޔަން ކުރައްވައިފި

ހިރި ނިއުސްހިރި ނިއުސް16 އޭޕްރީލް 2026
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް" ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް މިއަދު އައްޔަން ކުރެއްވީ ޙަސަން ރަޝީދެވެ. ޙަސަން  ރަޝީދަށް ވަޒީރުކަމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.  

ގުޅުންހުރި ޚަބަރު