ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެމްޑީޕީގެ ބާރުތައް ރަށްތަކަށް ފަތުރާލާނަން: ސައްޕެ
ޚަބަރު

އެމްޑީޕީގެ ބާރުތައް ރަށްތަކަށް ފަތުރާލާނަން: ސައްޕެ

މމުހައްމަދު އަލީ16 އޭޕްރީލް 2026
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާނޭކަން އިއުލާން ކުރައްވާފައިވާ އެޕާޓީގެ ފައުންޑަރ އަހުމަދު ޝަފީގު (ސައްޕެ) ވިދާޅުވީ އޭނާ ޗެއަރޕާނަކަށް ހޮވައިފިނަމަ މާލޭގައި މަރުކަޒުކުރެވިފައިވާ އެމްޑީޕީ ހިންގުމުގެ ބާރުތަށް ޕްރޮވިންސް ތަކަށާއި އަތޮޅުތަކާއި ރަށްތަކަށް ފަތުރާލައްވާނޭ ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީ މާލީގޮތުން ބާރުގަދަކޮށް ހިންގުމުގެ ބާރުވެރިކަމާއި މާލީބާރުވެރިކަށް ރަށްތަކަށް ފޯރުކޮށްދެއްވާނޭ ކަމަށާއި، ސަރަޙައްދުގެ ރަށްތަކުގެ ގުޅުން ވަރުގަދަކޮށް ރަށްރަށުގެ ހަރުގެ ތަކުގެ ޙަރަކާތްތަކުގެ ފޯރިއާ ޖޯޝް އިތުރުކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރު ޖަވާބު ދާރީ ކުރުމަށް ކުރިއަށް ގެންދާ މުޒާހަރާތަކާއި މަގުމަތީ ޙަރަކާތްތަކާއި މަދަނީ ބަސްނޭހުންތައް އިތުރުކޮށް ރައްޔިތުންގެ ޙައްޤުތައް ހިފަހައްޓާ ދެމެހެއްޓުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާނޭ ކަމަށްވެސް ވިދާޅުވެފައިވެފައިވެއެވެ. "ރާއްޖޭގެ ކަންކޮޅުތަކުގައި އެމްޑީޕީގެ ރަންރީދޫ ބޮޑު ލަޝްކަރު ރުކުރުވާލައި ވަރުގަދަ މަސައްކަތްތަކެއްކޮށް، އިންޝާﷲ ، 2028 ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބުކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ. "މިޙިކުމަތާއި ހިތްވަރާ ފަންވަރު އަޅުގަނޑު ގެ ކިބައިގާ އެބަހުރި. އެއްވެސް ބޭފުޅަކު މިކަމާ ޝައްކު ނުކުރައްވާ،" ސައްޕެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުޅިޕާޓީގެ އާންމު މެންބަރުންނާއި ލީޑަރޝިޕާއި ކުރީގެ ދެ ރައީސުންނާ ގުޅިގެން މަސައްކަތް ކުރައްވާނޭ ގޮތާއި އެ ވަށްޓަފާޅިވެސް އޭނާގެ ހުންނާނޭ ކަމަށެވެ. އެންޑީޕީ ހިނގާނީ އެއްވެސް މީހަކު ބާކީނުކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު