ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ޖުވާކުޅެންތިބި އަށުތިރީސް ބިދޭސީއަކު އަތުލައިގެންފި
ޚަބަރު

ޖުވާކުޅެންތިބި އަށުތިރީސް ބިދޭސީއަކު އަތުލައިގެންފި

މމުހައްމަދު އަލީ18 އޭޕްރީލް 2026
ޖުވާކުޅެންތިބި 38 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ "މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ." މި މީހުންނަކީ ބަނގަލަދޭޝަށް ނިސްބަތްވާ މީހުންނެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 އޭޕްރީލް 16 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު