ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މީހެއްގެ ކަރަށް ހަމަލާދީ ޒަޚަމްކޮށްލައިފި
ޚަބަރު

މީހެއްގެ ކަރަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މމުހައްމަދު އަލީ19 އޭޕްރީލް 2026
ބަނގްލަދޭޝްގެ ރައްޔިތެއްގެ ކަރަށް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ އެމީހާއަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓާ ކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 38 އަހަރުގެ މީހަކަށެވެ. އޭނާއަށް މިހާރުދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ވެސް ފުލުހުން ވިދާޚުވިއެވެ. އޭނާއަށް ކަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ހާމަކުރައްވައިފައެވެ. އެ މީހާއަށް ހަމަލާދީފައިވަނީ ބަނގްލަދޭޝްގެ އެހެން މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މި މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ވަނީ މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) އެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު