ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
އިހްތިޖާޖު ކުރުން ހުއްޓުވުމުގެ ސަބަބެއް ސަރުކާރަށްނެތް: ފައްޔާޒު
ޚަބަރު

އިހްތިޖާޖު ކުރުން ހުއްޓުވުމުގެ ސަބަބެއް ސަރުކާރަށްނެތް: ފައްޔާޒު

މމުހައްމަދު އަލީ19 އޭޕްރީލް 2026
އެމްޑީޕޕީން މިހާރު ކޮންމެރެއަކު މާލޭގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ އެއްވެސް ސަބަބެއް މިސަރުކާރަށް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެހާ މެންބަރުން ދޫކޮށްލުމަށް ގޮވާލައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ރައްޔިތުންގެ 70 ޕަސެންޓު ނޫނެކޭ ބުނި ސަރުކާރަކަށް އިހުތިޖާޖު ކުރުން ހުއްޓުވުމުގެ އެއްވެސް ލެޖިޓިމަސީއެއް ނެތް،" ކަމަށެވެ. ފައްޔާޒު ވިދާޅުވެފައިވަނީ "އިންތިހާބުތަކުން ބަލިވުމުން އާންމުންނަށް އަނިޔާކުރުމަކީ ހުދުމުޚުތާރު ވެރިން ބާރުގައި ތިބުމަށް ކުރާ ކަމެއް،" ކަމަށެވެ. ‏ފައްޔާޒުގެ މި ޕޯސްޓުގައި ވިދާޅުވެފައިވަނީ ރޭ އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެހާ މެންބަރުން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ  އަދަދެއް ނޭނގެއެވެ. ފުލުހުންނާ އެކަމާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވައެވެ. އެމްޑީޕީގެ ބައެއް މަސްދަރުތަކުން ބުނެފައިވަނީ ރޭގެ މުޒާހަރާއިން ހައްޔަރު ކުރި ދެމީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ޚަބަރު