ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ހުރިހާ ރަށަކަށް ވެސް ސަރުކާރުގެ އެހީތެރިކަން އޮންނާނެ: ރައީސް
ޚަބަރު

ހުރިހާ ރަށަކަށް ވެސް ސަރުކާރުގެ އެހީތެރިކަން އޮންނާނެ: ރައީސް

މމުހައްމަދު އަލީ19 އޭޕްރީލް 2026
ނިމިދިޔަ އިންތިޚާބުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުމެފައިވިޔަސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެއްވެސް ތަފާތެއްނެތި ހުރިހާ ރަށަކަށް ވެސް އޮންނާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިންތިޚާބީގެ ކާމިޔާބީ ފާހަގަ ކުރަން އއ. ރަސްދޫގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އއ. ރަސްދުއާއި، އުކުޅަހާއި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި މިޖަލްސާގައި އެ  ތިން ރަށުން ވެސް ބައިވެރިވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދެއްވާނީ އިންތިޚާބުގެ ނަތީޖާއަށް ބައްލަވައިގެން ނޫންކަމަށެވެ. އަދި އެމަނިކުފާނުވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ވެސް އެއްވެސް ތަފާތު ކުރުމެއްނެތި ފުއްދަވަމުން ގެންދަވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. ވައުދުތައް ފުއްދެވުމާއި ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގައިވެސް ރަށްރަށުގެ ކައުންސިލްތަކާއެކު މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. ކޮންގްރެސް ޓިކެޓުގައި ވާދަކޮށް ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހަމަހަމަ އުސޫލު ގެންގުޅުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު