ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ނަތަންޔާހޫ ހައްޔަރު ކުރުމަށް ގޮވާލާ މުޒާހިރާކުރަނީ!
ރިޕޯޓް

ނަތަންޔާހޫ ހައްޔަރު ކުރުމަށް ގޮވާލާ މުޒާހިރާކުރަނީ!

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ22 އޭޕްރީލް 2026
ޝައިޠާންޔާހޫ، ޢަރަބި ވެރިންގެ އެހީތެރިކަމަށް އެދި އާދޭސްކޮށްފައިވާ ފޯން ކޯލެއްގެ ރެކޯޑިންގ އާންމުވުމާއި ގުޅިގެން، އޭނާ ހައްޔަރުކުރުމަށް ގޮވާލައި، އިޒުރޭލުގެ މަގުތަކަށް ސަޙުޔޫނީން ނުކުމެ ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިޒުރާއީލު މިވަގުތު އޮތީ ގޮވަން ތައްޔާރުވެފައެވެ. މުޅި އިޒުރޭލުގައި މާޔޫސްވެފައިވާ އިސްދާނަކަމުގެ ޠޫފާނެއް ވަނީ އުފެދިފައެވެ. އިޒުރޭލުގެ ޝައިޠާނީ ބޮޑުވަޒީރުގެ ފޯނު ކޯލެއް ލީކުވެ މިހާރު އަންނަނީ ވިރަވިވަމުންނެވެ. އެ ފޯނު ކޯލުގައި، އީރާނުގެ ޙަމަލާތަކާއި ގުޅިގެން ޝައިޠާންޔާހޫ، ޢަރަބި ވެރިންގެ ކިބައިން އެހީތެރިކަމަށް އެދި އާދޭސް ކުރަމުން ދިޔަތަން ފެނިފައިވެއެވެ. އަދި، އޭގެސަބަބުން ރުޅިއައިސްފައިވާ އިޒުރޭލުގެ ރައްޔިތުން މަގުތަކަށް ނުކުމެ ބޮޑެތި ހަމަނުޖެހުންތައް ހިންގައި، ޝައިޠާންޔާހޫ ހައްޔަރު ކުރުމަށް ގޮވާލައި ދަނީ އަޑު އުފުލަމުންނެވެ. ކަރުނަ އޮހޮރަމުން ދިޔަ ޢާއިލާތައް ލައިވް ޓީވީއިން ވަނީ ދައްކާފައެވެ. ޙަމަލާތަކުގެ އިންޒާރުދީ ހުއްޓުމެއް ނެތި ސައިރަން އަޅަމުން ދިޔަ ވަގުތު މައިން، އެމީހުންގެ ދަރިންގެ ގައިގައި ބައްދާލައި، ޖަޒުބާތީ ގޮތުން އަލްވަދާޢު ކިޔާ މަންޒަރުތައް ވަނީ ޓީވީއިން ދައްކާފައެވެ. މަގުމަތީގެ ހަމަނުޖެހުމުގެ މަންޒަރުތައް އިޒުރޭލުގެ ޗެނަލް 13 އިން ވަނީ ދައްކާފައެވެ. އިޒުރޭލުގެ އެތެރޭގެ ނިޒާމުތަކާއި އަދި ތަރުތީބުވަނީ އެއްކޮށް ގެއްލިފައެވެ. އާންމުންދަނީ ފުލުހުންނާ ކުރިމަތިލަމުންނެވެ. ޔަޤީންކަން ގެއްލިފައިވާ ގޮތެއްގައި އަސްކަރީ ސިފައިން ތިބީ ބަލަހައްޓައިގެންނެވެ. އީރާނުގެ ސީދާ ރައްދު ޙަމަލާތަކާއި، އީރާނުގެ އިއްތިޙާދީން ކަމަށްވާ ޙިޒުބު الله އާއި، އަދި ޙަމާސްގެ ހަނގުރާމަވެރިން ކުރިއަށް ޖެހެމުންދާ އިރު، ހާމަވަމުންދަނީ އިޒުރޭލު ފުނޑުފުނޑުވަމުންދާ މަންޒަރެވެ. އެމެރިކާ އޮތީ ވަރަށް ފިނޑިގޮތެއްގައި ހިމޭންވެފައެވެ. ހަދާނެގޮތް ހުސްވެ، ނިކަމެތިވެފައިވާ ޝައިޠާންޔާހޫ ސަލާމަތް ކުރެވޭނެހާ ބާރެއް މިހާރު އެމެރިކާގެ ކިބައަކު ނެތެވެ.  

ގުޅުންހުރި ޚަބަރު