ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދުނިޔެއަށް ވުރެ އިޒުރޭލު މުހިންމު!
ޚަބަރު

ދުނިޔެއަށް ވުރެ އިޒުރޭލު މުހިންމު!

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ25 އޭޕްރީލް 2026
ތެލުގެ އަގު ބޮޑުވުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާ ސުވާލުކުރިއެވެ. ޖަވާބުގައި، ޓުރަމްޕް ބުނީ، ތެލުގެ އަގު މައްޗަށް ދިއުމާ މެދު އޭނާ ކަންބޮޑުނުވާ ކަމަށާއި، އަދި، އެކަމާމެދު އޭނާ އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށެވެ. ރިޕޯޓަރު: "ތެޔޮ ފީފާއެއް 200 ޑޮލަރަށް އަރައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟" ޓުރަމްޕް: "ތެލުގެ އަގާއި މެދު އަހުރެން ފަރުވާލެއް ނުބަހައްޓަން. އިޒުރޭލު ފަނާކޮށްލާނޭ ނިއުކްލިއާ ހަތިޔާރަށް ވުރެ ނުބައިކަން ބޮޑު ކަމެއް ނެތް." އެ ޖަވާބުގެ އަސްލު މާނައަކީ ކޮބައި ހެއްޔެވެ؟ އަގުތަކާ މެދު ކަންބޮޑުވުން ހުއްޓާލާށެވެ. ކަންބޮޑުވާންވީ އިޒުރޭލާ މެދުގައެވެ. އަދި، އެއީ އަސާސީ ގޮތުން ދުނިޔެއަށް ވުރެ، އިޒުރޭލު މުހިންމު ކަމަށް ބުނުމެވެ. "އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމު. އެހެންވީމާ، ތެލުގެ އަގު ބޮޑުވުމުން އަހުރެމެންނަށް ވަރަށް ގިނަ ފައިސާ ލިބޭނެ." ބުރާސްފަތި ދުވަހު ޓުރަމްޕު، އޭނާގެ އިޖުތިމާޢީ މަންސައިގެ ސައިޓުގައި ބުނެފައިވެއެވެ. އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ގޯލްޑްމަން ސާކްސް އިން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި، އެމީހުންގެ އަންދާޒާތަކާއި، ތާރީޚީ ތަޖުރިބާއަށް ބަލާއިރު، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން، މިއަހަރު ނިމޭއިރު، ލާދަ މަތިވެ، ތަރައްޤީއާއި، ޤައުމުތަކުގެ ކުރިއެރުން މަޑުޖެހި، ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވެގެން ދާނެއެވެ.  

ގުޅުންހުރި ޚަބަރު