ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ރޭގެ ހަމަލާއަކީ ރިޔާސީ ޓިކެޓަށް ޖެއްސެވި މީޑިއާ ސްޓަންޓެއް: ސޫދާ
ޚަބަރު

ރޭގެ ހަމަލާއަކީ ރިޔާސީ ޓިކެޓަށް ޖެއްސެވި މީޑިއާ ސްޓަންޓެއް: ސޫދާ

މމުހައްމަދު އަލީ26 އޭޕްރީލް 2026
އެމްޑީޕީން ރާވައިގެން މާލޭގައި މިހާރު ހިންގަމުންދާ މަގުމަތީ ހަރަކާތުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމަށް ދިން ހަމަލާއަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވަން ޢާޒިމް އަމިއްލައަށް ޖެއްސެވި މިޑިއާ ސްޓަންޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތުމަތު ސޫދާ ވިދާޅުވެއްޖެއެވެ. ރޭގެ ހަމަލާއަށްފަހު މޭޔަރު ޢާޒިމް ވިދާޅުވެފައިވަނީ އެ ޙަމަލާއަކީ ސަރުކާރުން ރާވައިގެންދިން ޙަމަލާއެއް ކަމަށެވެ. އެއަށް ރައްދު ދެއްވައި ސޫދާ ވިދާޅުވެފައިވަނީ އެއްވެސް ބަޔަކަށް އަނިޔާދިނުމަށް ސަރުކާރުން ބާރުދޭން ނޫޅޭ ކަމަށެވެ. "ސަރުކާރުން ނޫޅޭ މީސް މީހުނަށް އަނިޔާދޭން ބާރުދޭން، އެމްޑީޕީއިން މޭޔަރު އަމިއްލައަށް ރާވައިގެންޖެއްސެވި މީޑިޔާ ސްޓަންޓެއް ތިޔައީ،" "އެއަށް ބާރުލިބޭ ހެއްކަކީ އެމީހާއައީ ކެމެރާވެސް ހުރިކަން އެނގިގެން. ޢާޒިމް ވެސް ހުރީ ބަލަންގޮސް. އެމީހާގޮސް ޓީޝާޓުގައި ހިފީ އެހިސާބުން ބައިވެރިން އަރައިގަނެ އެމީހާ ކޮއްޕާ އެއްލާލީ. އެހެންވީމާ ސްޓަންޓެއް ނޫން، ޑްރާމާއެއް ނޫން ދެން ކޯއްޗެއްތޯ ބުނެވޭނީ،" ސޫދާ ވިދާޅުވިއެވެ. ރޭގެ އިހުތިޖާހުގައި މީހަކު ޢާޒިމަށް ހަމަލާދީފައިވަނީ ހިންގަވާފައި ވަޑައިގަންނަވަނިކޮށްނެވެ. އެ މީހަކުވަނީ ޢާޒިމްގެ މޭގައި އަތްއަޅައި ކޮއްޕާލައިފައެވެ. އިތުރު ޙަމަލާއެއް ދިނުމުގެ ފުރުސަތު އެވަގުތު ޢާޒިމްގެ އަރިހުގައި ތިބި މީހުން އެމީހާއަށް ނުދީ ވަގުތުން އެމީހާއަށް ހަމަލާދީ އެމީހާ ހުއްޓުވިއެވެ.

ގުޅުންހުރި ޚަބަރު