ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމަކީ ކަންބޮޑުވާ ކަމެއް: ރައީސް އިބޫ
ޚަބަރު

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމަކީ ކަންބޮޑުވާ ކަމެއް: ރައީސް އިބޫ

މމުހައްމަދު އަލީ28 އޭޕްރީލް 2026
އަދަދު ނޫހުން ތައްޔާރުކޮށް ނެރެފައިވާ "އައިޝާ ޑޮކިޔުމެންޓްރީ" އާ ބެހޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެތަން ބަލައި ފާސްކުރަން ފެށުމުން ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ މިނިވަން ނޫސްވެރިކަމަށް އަރައިގަތުން ކަމަށެވެ. "މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި ރެއިޑާމެދު ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ." އެމަނިކުފާނު ވިދާޅުވެފައިވަނީ ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރާ ތަނަކަށް ވާންޖެހޭ ތަނެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރުތަކުން އެކަން އެގޮތަށް ކުރިއަށްދާ ކަމަކަށް ނުބެލެވޭ ކަމަށް ވިދާޅުވެފައިވެއެވެ. "މިއީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު، ކަންބޮޑުވާންޖެހޭ ކަމެކެވެ." އެމްޖޭއޭ އިން ވެސް ވަނީ ފުލުހުންގެ މި އަމަލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.ަ

ގުޅުންހުރި ޚަބަރު