ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބްރޯޑު ކާސްޓު ކުރުމަކީ އަމާނާތެއް: ރައީސް
ޚަބަރު

ބްރޯޑު ކާސްޓު ކުރުމަކީ އަމާނާތެއް: ރައީސް

އއަހުމަދު މުހައްމަދު4 އޮކްޓޯބަރު 2024
ދިވެހިރާއްޖޭގެ ބްރޯޑުކާސްޓު ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށްވާންވާނީ ދިވެހިރާއްޖެއާއި ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑުކާސްޓިން ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ބްރޯޑުކާސްޓު ކުރުމަކީ އަމާނާތެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ. ރާއްޖޭގެ ބްރޯޑުކާސްޓިން ދުވަހަކީ ކޮންމެ އަހަރެއްގެ 4 ވަނަ ދުވަހެވެ. މިއީ އެދުވަސް ރާއްޖެގައި ފާހަގަކުރާތާ 62 އަހަރު ފުރޭ ދުވަހެވެ. ރާއްޖެގައި ފުރަތަމަ ބްރޯޑުކާސްޓިންގެ ހިދުމަތް ފެށީ 1962 ވަނަ އަހަރުއެވެ. އެއީ ރޭޑިއޯ ހިދުމަތުންނެވެ. ޓީވީގެ ހިދުމަތް ފެށީ 1978 ވަނަ އަހަރުއެވެ. އެފަހުން މިދާއިރާދަނީ ރާއްޖޭގައި ކުރިއަރަމުން ފުޅާވަމުންނެވެ.

ގުޅުންހުރި ޚަބަރު