ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މަސައްކަތްތެރިންގެ ޝުޢޫރު ސަރުކާރަށް އިއްވަން މާދަމާ ނުކުންނަނީ
ޚަބަރު

މަސައްކަތްތެރިންގެ ޝުޢޫރު ސަރުކާރަށް އިއްވަން މާދަމާ ނުކުންނަނީ

މމުހައްމަދު އަލީ1 މޭ 2026
މާދަމާއަކީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހެވެ. މަސައްކަތްތެރިންގެ ހައްގުތަކާއި އެމީހުންނަށް ލިބެންވާ ފުރުސަތުތައް އިތުރުކުރުމަށް ގޮވާލާ ސުލްހަވެރި ހިނގާލުމެއް މާދަމާ މާލޭގައި އޮންނާނެއެވެ. މިއީ ހަތަރު ޖަމިއްޔާއަކުން އިންތިޒާމް ކޮށްގެން ބާއްވާ ހިނގާލުމެކެވެ. އެއީ ޓޫރިޒަމް އެމްޕްލޯޔަރޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި މޯލްޑިވްސް ޕޯޓްސް ވޯކަރޒް ޔޫނިއަން (އެމްޕީޑަބްލިޔުޔޫ) އާއި، ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އެވެ. އާޓިފިޝަލް ބީޗުސަރަހައްދުން ހަވީރު 4 ޖަހާއިރު ފަށާ މިހިނގާލުން ކުރިއަށްދާނީ އަމީނީމަގުން، މާވެޔޮމަގުން، މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗު ސަރަހައްދަށް ނިންމާލާ ގޮތަށެވެ. މިގޮތަށްދާއިރު މަޖީދީމަގުގެ ދެ ސަރަހައްދެއްގައި މަޑުކޮށް ޝުއޫރު ފާހަގަކުރާނެއެވެ. ޓީމްގެ ރައީސް އާދަމް ސަލީމް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް އެމީހުންނަށް އޮންނަ ފުރުސަތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް އެތައް ކަމެއް ހާސިލް ނުވާކަމަށެވެ. "މި ވަގުތު އަޅުގަނޑުމެން އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ކަނޑައަޅާއިރު މަސައްކަތްތެރިންގެ ޚިޔާލާއި ފިކުރު ވެސް ހިމަނައިގެން އެކަން ކުރުން. މަސައްކަތްތެރިންގެ ބައިވެރިވުމާއެކު އެކުލަވާލާ މިފަދަ ސިޔާސަތުގައި ވަރު ހުންނާނެ، ނެރެން ބޭނުންވާ އިގްތިސާދީ ނަތީޖާނެރެން ފަސޭހަވާނެ،" އާދަން ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު މަސައްކަތްތެރިންގެ ޔޫނިއަންތައް ވީހާވެސް ގިނައިން އުފައްދައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މި ހިނގާލުމުގައި އެކި ޝުޢޫރުތައް ލިޔެފައިވާ ބޯޑުތަކާއި ބެނާތައް ބޭނުން ކުރާނެއެވެ. ސަރުކާރުގެ ފަރާތުންވެސް މޭޑޭގެ ރެލީއެއް މާއްދަމާ ބާއްވާނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ރެލީ ފަށާނީ އާޓިފިޝަލް ބީޗުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ރެލީގައި ދެހާހެއްހާ މީހުން ބައިވެރިވާނޭ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު