ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
މަސައްކަތްތެރިންގެ ހައްގުގައި ދެމިތިބޭނަށް: ރައީސް ސާލިހު
ޚަބަރު

މަސައްކަތްތެރިންގެ ހައްގުގައި ދެމިތިބޭނަށް: ރައީސް ސާލިހު

މމުހައްމަދު އަލީ1 މޭ 2026
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އަބަދުވެސް އެމްޑީޕީގެ އިސް އަމާޒެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މަސައްކަތްތެރިންގެ ދުވަހުގެ ތަހުހުނިޔާ މަސައްކަތްތެރީންނަށް ފޮނުވައި އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، 6 މަހުގެ މެޓާނިޓީ ލީވް ތައާރަފްކޮށް، ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ސަރވިސް ޗާޖު ކަށަވަރުކޮށްދެވުނީ އެމް.ޑީ.ޕީގެ ސިޔާސަތުތަކުގެ ސަބަބުން،" ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވެފައިވަނީ މަސައްކަތުގެ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ، ރައްކާތެރި ތަނަކަށް ހެދުމަށް އެމްޑީޕީ ދެމިއޮންނާނޭ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްޤުގައި ކުރާ މި މަސައްކަތުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު