ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އީސީގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި
ޚަބަރު

އީސީގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

މމުހައްމަދު އަލީ2 މޭ 2026
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނާއި އީސީން ވަނީ މިކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެހެންނަމަވެސް ޒާހިދު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އީސީގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވެފައިވަނީ ޒާހިދު އިސްތިއުފާ ދެއްވިކަން ކޮމިޝަނަށް އެންގެވި ކަމަށެވެ. އެހެންނަމަވެސް ސަބަބެއް ވިދާޅުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މިއަދުން ފެށިގެން އިސްތިއުފާ ދެއްވި ކަމަށާއި، އެމަނިކުފާނަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދަކުރައްވާ ކަމަށް ވިދާޅުވި،" ސަލާހު ވިދާޅުވެފައިވެއެވެ. ޒާހިދު އެމަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރު ޖަނަވަރީގައެވެ.  

ގުޅުންހުރި ޚަބަރު