ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
އަޅުގަނޑުމެން މިތިބީ ނޫސްވެރިންނާއެކު: ފައްޔާޒު
ޚަބަރު

އަޅުގަނޑުމެން މިތިބީ ނޫސްވެރިންނާއެކު: ފައްޔާޒު

ޟޟަމްރަތު އަހްމަދު3 މޭ 2026
ބުރަމަސައްކަތުން ހޯދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މީޑިއާގެ މިނިވަންކަން މިސަރުކާރުން ވަނީ 2008 ގެ ކުރިން އޮތް ޒަމާނަށް ފައްތާފައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔަޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. "އަޅުގަނޑުމެންގެ ބުރަ މަސައްކަތުން ހޯދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ޑރ. މުއިއްޒުގެ ވެރިކަމުގައި މި ވަނީ 2008 ގެ ކުރިން އޮތް ޒަމާނަށް ފަހަތަށް ޖައްސާލާފައި. މީޑިއާ ކޮންޓްރޯލް ބިލާއި، ކޮންޓްރޯލް ކޮމިޝަނަކީ ޚިޔާލުތަފާތުވުންތައް ފިއްތާލުމަށާއި މިނިވަން ނޫސްވެރިންނަށް ބިރުދެއްކުމަށް ރައީސަށް ބޭނުންކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައި މިވަނީ ހަދާފައި،" ފައްޔާޒު ވިދާޅުވެފައި ވެއެވެ. އޭނާ އެކްސްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި ސަރުކާރުގެ ނާގާބިލްކަމާ ދެކޮޅަށް ވާހަކަ ދެއްކުމުން ނޫސްވެރިންނަށް މެދުނުކެނޑި އިންޒާރުތަކާއި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. އެހެން ކަމުން ނޫސްވެރިންނަށް މިވަނީ ދައުލަތުން ކުރަމުންދާ ޖެއްސުމާއި ގޯނާތަކުން ރައްކާތެރިވާން ޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެން ކޮންޓްރޯލް ބިލް އުވާލައި، އަމިއްލައަށް ރެގިއުލޭޓް ކުރެވޭ، މިނިވަން ނޫސްވެރިކަމަށް ހިތްވަރުދީ، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމަށް ޖާގަ އުފައްދަން ޖެހޭ. ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ބަސްތަކެއް ނޫން، "ދިރިއޮތް" ހަޤީޤަތެއްކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ،" އޭނާ ވިދާޅުވެފައިވެއެވެ. އެއްވެސް ނޫސްވެރިއަކު ދައުލަތުން ދައްކާ ބިރަކަށް އަދި އިންޒާރުތަކަށް ފަސްޖެހިގެން ނުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެއްވެސް ބިރުވެރި ކަ އްނެތި މިނިވަންކަމާކު ނޫސްތައް ހިންގެންވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "މިނިވަން ނޫސްވެރި ކަމަކީ ހަގީގީ ޖަވާބުދާރީވުމަށް އޮތް ހަމައެކަނި މަގު. އަޅުގަނޑުމެން މިތިބީ ކުރިމަތީ ސަފުގައި ތިބި ނޫސްވެރިންނާއެކު،" ބުރަމަސައްކަތުން ހޯދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މީޑިއާގެ މިނިވަންކަން މިސަރުކާރުން ވަނީ 2008 ގެ ކުރިން އޮތް ޒަމާނަށް ފައްތާފައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔަޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. "އަޅުގަނޑުމެންގެ ބުރަ މަސައްކަތުން ހޯދި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ޑރ. މުޢިއްޒުގެ ވެރިކަމުގައި މި ވަނީ 2008 ގެ ކުރިން އޮތް ޒަމާނަށް ފަހަތަށް ޖައްސާލާފައި. މީޑިއާ ކޮންޓްރޯލް ބިލާއި، ކޮންޓްރޯލް ކޮމިޝަނަކީ ޚިޔާލުތަފާތުވުންތައް ފިއްތާލުމަށާއި މިނިވަން ނޫސްވެރިންނަށް ބިރުދެއްކުމަށް ރައީސަށް ބޭނުންކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައި މިވަނީ ހަދާފައި،" ފައްޔާޒު ވިދާޅުވެފައި ވެއެވެ. އޭނާ އެކްސްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި ސަރުކާރުގެ ނާގާބިލްކަމާ ދެކޮޅަށް ވާހަކަ ދެއްކުމުން ނޫސްވެރިންނަށް މެދުނުކެނޑި އިންޒާރުތަކާއި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. އެހެން ކަމުން ނޫސްވެރިންނަށް މިހާރު މިވަނީ ދައުލަތުން ކުރަމުންދާ ޖެއްސުމާއި ގޯނާތަކުން ރައްކާތެރިވާން ޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެން ކޮންޓްރޯލް ބިލް އުވާލައި، އަމިއްލައަށް ރެގިއުލޭޓް ކުރެވޭ، މިނިވަން ނޫސްވެރިކަމަށް ހިތްވަރުދީ، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމަށް ޖާގަ އުފައްދަން ޖެހޭ. ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ބަސްތަކެއް ނޫން، "ދިރިއޮތް" ހަޤީޤަތެއްކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ،" އޭނާ ވިދާޅުވެފައިވެއެވެ. އެއްވެސް ނޫސްވެރިއަކު ދައުލަތުން ދައްކާ ބިރަކަށް އަދި އިންޒާރަކަށް ފަސްޖެހިގެން ނުވާނޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެއްވެސް ބިރުވެރި ކަމެއްނެތި މިނިވަންކަމާކު ނޫސްތައް ހިންގެންވާނޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ. "މިނިވަން ނޫސްވެރި ކަމަކީ ހަގީގީ ޖަވާބުދާރީ ކުރުވުމަށް އޮތް ހަމައެކަނި މަގު. އަޅުގަނޑުމެން މިތިބީ ކުރިމަތީ ސަފުގައި ތިބި ނޫސްވެރިންނާއެކު،"  

ގުޅުންހުރި ޚަބަރު