ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ނޫސްވެރިން ކުރަނީ މުހިންމު މަސައްކަތެއް: ރައީސް ޔާމީން
ޚަބަރު

ނޫސްވެރިން ކުރަނީ މުހިންމު މަސައްކަތެއް: ރައީސް ޔާމީން

މމުހައްމަދު އަލީ4 މޭ 2026
ދިވެހި ނޫސްވެރިން ކުރަމުންދަނީ ޤައުމީ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ނޫސްވެރިންނަށް ފޮނުއްވަމުން އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ނޫސްވެރިން ކުރައްވަނީ ބުރަމަސައްކަތެއް ކަމަށެވެ. މުޖުތަމަޢު ހޭލުންތެރު ކުރުމަށް ނޫސްވެރީން ކުރާ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. " ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގަޔާއި، މުހިންމު ޤައުމީ މައްސަލަތަކާ މެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް ރާއްޖޭގެ ނޫސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކީ ޝުކުރާއި ތަޢުރީފު ޙައްޤު މަސައްކަތެކެވެ." އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު