ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޑިމޮކްރަސީއަށް އެންމެބޮޑު ދައުރެއް އަދާކުރަނީ ނޫސްވެރިން: ރައީސް
ޚަބަރު

ޑިމޮކްރަސީއަށް އެންމެބޮޑު ދައުރެއް އަދާކުރަނީ ނޫސްވެރިން: ރައީސް

މމުހައްމަދު އަލީ4 މޭ 2026
ރައްޔިތުން ބާރުވެރިކުރުވައި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާގުޅިގެން ދެއްވި ޚިޠާބުގައެވެ. "ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެވެ." އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސްގެ ޚިޠާބުގައި ވަނީ މިއަދުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށާއި، ދިވެހި ނޫސްވެރިންނަށް ވިދާޅުވެފައެވެ. "މީޑިއާއަކީ، ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" އެވެ. ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެވެ." ރައީސް ވިދާޅުވީ ޒިންމާދާރު ނޫސްވެރިކަމުގެތެރެއިން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ޚިޔާލުފާޅުކުރުމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ވަނީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައިވަނީ ބާރުއަޅުއްވާފައެވެ." އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ވެސް މި ޒަމާނުގައި ބިނާވެފައި އޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން އިންސާނީ ޙައްޤުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ސުލްޙަމަސަލަސްކަން ދެމިއޮތުން ވެސް ގުޅިފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. "ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙަޤީޤަތާ އެއްގޮތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ."

ގުޅުންހުރި ޚަބަރު