ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ނޫސްވެރީންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވައިފި
ޚަބަރު

ނޫސްވެރީންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވައިފި

މމުހައްމަދު އަލީ4 މޭ 2026
މިނިވަން މީޑިއާއަކީ ޙައްޤެއް ކަމަށާއި، ހަމައެގޮތަށް އެއީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން، އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ކަމަށެވެ. ދިވެހީން ޤަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށްވެސް މީޑިއާ ވާންޖެހޭނޭ ކަމަށް މި ޚިޠާބުގައި ރައީސް ވިދާޅުވިއެވެ. ސަރުކާރު ޒިންމާދާރުކުރުވުމާއި، ހާމަކަމާއި، ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަރުޙަބާ ވިދާޅުވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ދުނިޔޭގައި ފާހަގަކުރަމުން ގެންދާއިރު، އެއްވެސް ތަޙުޤީގެއް ހިންގުމެއް ނެތި ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، ނޫސްވެރިންނަށް އެކިއެކި އަދަބުތައް ދެމުންދާތަން ފެންނަމުންދާކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް މިއަދު ގޮވާލަމެވެ." ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ ބަވަނަވަމުން އަންނަ ދުނިޔޭގައި، ދޮގު މަޢުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާ ދިޔުމާމެދުވެސް ރައްކާތެރިވާން ޖެހޭ ކަމަށެވެ. މި ސަބަބުތައް މިހެް ހުރުމުން ރައްޔިތުންނަށް ތެދު މަޢުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ޚިޠާބު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު