ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ރައީސްގެ ދެކަނބަލުން ލަންކާއަށް، ހޫނު މަރުޙަބާއެއް ވިދާޅުވި
ޚަބަރު

ރައީސްގެ ދެކަނބަލުން ލަންކާއަށް، ހޫނު މަރުޙަބާއެއް ވިދާޅުވި

ހިރި ނިއުސްހިރި ނިއުސް4 މޭ 2026
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ. އެ ދެކަނބަލުންނަށް ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީ.އައި.އޭ) އިން އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއެވެ. ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވުމުން ދެ ކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ސަގާފީ ހަރަކާތަކާއެކު، ބީ.އައި.އޭ ގައި ވަނީ މަރުޙަބާ ދަންނަވާފައެވެ. މަރުޙަބާގެ މި ޙަރަކާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މިއީ މިހިނގާ މޭ މަހުގެ ތިނަކުން ހަޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މިއީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.  

ގުޅުންހުރި ޚަބަރު