ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޗެނަލް 13 އިން މާދަމާ އެމްއެމްބީސީއާ ބައްދަލުކުރަނީ
ޚަބަރު

ޗެނަލް 13 އިން މާދަމާ އެމްއެމްބީސީއާ ބައްދަލުކުރަނީ

މމުހައްމަދު އަލީ4 މޭ 2026
ޕީއެންއެފްއިން މާލޭގައި މިހާރު ކުރިއަށް ގެންދާ މަގުމަތީ ހަރަކާތް ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ޗެނަލް 13 އަށް އެންގުމުން އެކަމާބެހޭ ގޮތުން އެކޮމިޝަނަރ ބައްދަލު ކުރަން އެ ޗެނަލުން ނިންމައިފިއެވެ. މި މައްސަލާގައި ޗެނަލް 13 އިން އެކޮމިޝަނަރ ބައްދަލު ކުރުމަށް ހަނަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. ބައްދަލުވުން އޮންނާނީ އެމްއެމްބީސީ އޮފީހުގައެވެ. މި ބައްދަލުވުމަށްފަހު ޗެނަލް 13 ގެ ވަކީލުން ނޫސްވެރިންނާ ބައްދަލުކޮށް  ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނޭ ކަމަށް އެޗެނަލުން ވަނީ ބުނެފައެވެ. ޕީއެންއެފްގެ މަގުމަތީ ހަރަކާތް ބްރޯޑްކާސްޓް ނުކުރަން އެންގިޔަސް މިހާތަނަށް އެ ޗެނަލުން އެކަން ހުއްޓާފައެއް ނުވެއެވެ. އެމްއެމްބީސީގެ މިފަދަ އެންގުން ތަކަކީ މީޑިއާ "މަރާލަން" ކުރާކަމެއް ކަނަށް ނޫސްވެރިން ދަނީ ބުނަމުންނެވެ.

ގުޅުންހުރި ޚަބަރު