ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ތުނޑުކުނަލުގައި ގައްދޫގެ މަސައްކަތާއި ފިޔޯރީގެ ތަކެތި!
ރިޕޯޓް

ތުނޑުކުނަލުގައި ގައްދޫގެ މަސައްކަތާއި ފިޔޯރީގެ ތަކެތި!

ޟޟަމްރަތު އަހްމަދު4 އޮކްޓޯބަރު 2024
ހުވަދުއަތޮޅު ދެކުނުބުރީ ގައްދުއަކީ ތުނޑުކުނާ ވިޔުމަށް އެ ޒަމާނުގައި ރާއްޖޭގެ އެއްވަނައެވެ. އެމަސައްކަތަށް އެއަށްވުރެ ކުޅަދާނަބަޔަކު ރާއްޖޭގައި ނެތެވެ. އެމީހުންގެ ހުނަރު އެވަރަށް އެބަހުއްޓެވެ. މި މަސައްކަތަށް ބޭނުންވާ ހައިގެ އެންމެ ރަނގަޅު ވައްތަރު ލިބެނީ ހުވަދު އަތޮޅު ފިޔޯރީންނެވެ. ތުނޑުކުނާ: ތުނޑުބައި (ތުނޑުތުނޑަށް ހުންނަ ޑިޒައިނެއް) އަޅައިގެން ވިޔާ ދިވެހިކުނާ. މިއީ އެންމެ މޮޅު ކުނާ
  • ހައި: ކުނާވިޔަން ބޭނުންކުރާ ހުއި
  • ހުއި: ހިމަދިގުކޮށް ފަތް ހުންނަ ވިނަ
ފިޔޯރީ ހައިގެ އެންމެ ޚާއްސަ ކަމަކީ ދިގުވުމެވެ. ފައިބަރުގެ ބައި ރަނގަޅުވުމުން ވަރުގަދަވުމެވެ. މިހެން ވުމުން މަސައްކަތް ރީތިވެފައި މަސައްކަތަށް ފަސޭހަވެއެވެ. އެހެންކަމުން ރޯމެޓީރިއަލްގެ ގޮތުގައި ފިޔޯރީއިން ގައްދުއަށް ފިޔޯރީ ހައި ގެންދެއެވެ. ގައްދޫ ގަމުގައި ވެސް ހައި ހުރެއެވެ. ހެއްދެއެވެ. އެއިން ކުނާވެސް ވިޔައެވެ. ނަމަވެސް އެންމެ މަތީ ފެންވަރުގެ ކުނާ ވިއުމަށް އެންމެ ރަނގަޅު ބާވަތަކީ ފިޔޯރީ ހައިކަމަށް ގައްދޫ މީހުން ބުނެއެވެ. ޚާއްސަ ގޮތަކަށް މަތީ ފެންވަރުގެ ކުނަލެއް ވިޔާ ނަމަ ފިޔޯރީ ހައި ނޫނީ ކަމުދާ ކަމަކަށެއް ނުވެއެވެ. ފިޔޯރިއަކީ ހައިގެ އިތުރުން އަލައޮޅުތައް ވަރަށްގިނަ ރަށެކެވެ. ހައި ހެދެނީ އަލައޮޅު ތަކުގައެވެ. ނުވަތަ އޮޅުތަކުގެ ކައިރީގައެވެ.ވެ. ބަދަލުވެފައިވާ ދިރިއުޅުމާ ގުޅިގެން މިހާރު ކުނާވިއުމުގެ މަސައްކަތާއި ކުނަލަށް އޮތް ފުރުސަތު ވަރަށް ކުޑަވެއްޖެއެވެ. ގައްދޫ އަންހެނަކު ކުނާވިއުމުގެ މަސައްކަތުގައި. (ފޮޓޯ: ޙަސަން ނަޖުމީ/ރައީސް އޮފީސް) ޒަމާންތަރައްގީވެ ރެޑީމޭޑު ޒަމާނަށް ބަދަލުވިފަހުން ކުނާދޫކޮށް މީހުން ނިދަންފެށީ މަޑުގޮދަޑީގައެވެ. ނުވަތަ މަޑުތަންމަތީގައެވެ. އުނދޯލީގައި ވެސް ކުނާގަނޑެއް މިހާރު ނާޅައެވެ. އެހެންވީމާ ގައްދޫ މީހުންގެ ހުނަރުވެރި އެމަސައްކަތް ވެސް ފަނޑުވެގެންދިޔައީއެވެ. މިހާރު އެމަސައްކަތްކުރަނީ އޯޑަރަށެވެ. ސްވެނިއާއެއްގެ ގޮތުގައެވެ. އެކަމަކު ކުނަލެއް މިހާރު ސަހަލު އަގަކަށް ނުލިބޭނެއެވެ. ފައިސާ ދައްކަންޖެހޭނީ ހާހުންނެވެ. ގައުމިއްޔަތާ އެކު އެއަށް ނިސްބަތްވާ ސަގާފީ މަސައްކަތްތެރިކަމުގެ ތެރެއިން މި މަސައްކަތް ކުރިއަރުވައި އިގުތިސާދުގެ ތެރެއަށް މިކަންކަން ގެނެވެން އެބައޮތެވެ. ފިޔޯރީގައި ފެންވަރު ރަނގަޅު ހައި ހައްދައިގެން، މިހާރު އޮތް ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ގައްދުއަށް ވިއްކެން އެބައޮތެވެ. ގައްދޫ ގަމުގައި ފިޔޯރީ ހައި ހެއްދޭތޯ ބެލިދާނެއެވެ. ފިޔޯރީގައި ގައްދޫ ކޮލިޓީގެ ކުނާވިއަން ތަމްރީނު ދެވިދާނެއެވެ. މޮޑަން ދިރިއުޅުމުގެ ތެރެއިން މި ލާމަސީލު މަސައްކަތަށް ޖާގައެއް ދެވިދާނެއެވެ. އޭރުން ގެއްލިފައިވާ މާޒީގެ ތެރެއިން ގައުމިއްޔަތަށް ނިސްބަތްވާ އެއްކަމެއް އިއާދަކުރެވުނީއެވެ.

ގުޅުންހުރި ޚަބަރު