ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޕީއެންއެފްއާ މެދު ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރު އީސީން ދީފި
ޚަބަރު

ޕީއެންއެފްއާ މެދު ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރު އީސީން ދީފި

މމުހައްމަދު އަލީ5 މޭ 2026
ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ޤާނޫނާ ޚިލާފަށް ހިންގަމުންދާ ކަމަށްވާނަމަ ޕީއެންއެފްއާ ދެކޮޅަށް ފިޔަވަޅު އަޅާނޭ ކަމުގގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޕާޓީއަށް ދީފިއެވެ. އީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ ޢަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކެއް ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ. "ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން  ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމަށް މި ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީ، މިފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވެ، އެކަން އެޕާޓީއަށް މި ކޮމިޝަނުން ވާނީ އަންގާފައެވެ. އަދި ހަމައެހެންމެ މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މި ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ޙާޟިރުވުމަށް ޕީ.އެން.އެފް އިން އުޒުރުވެރިވެފައިވާކަން ފާހަގަކުރަމެވެ." އެބަޔާނުގައި ވެއެވެ. މިފަދަ ޢަމަލުތައް ޕީއެންއެފުން "ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަމެވެ."  

ގުޅުންހުރި ޚަބަރު