ދިވެހި|English 9 ޖުލައި 2026 · 03:56
Top banner
Advertisement
އިސްދޫ ދަރިކޮޅު
ރިޕޯޓް

އިސްދޫ ދަރިކޮޅު

ޢޢަބްދުﷲ ސަޢީދު5 މޭ 2026
އިސްދޫ ދަރިކޮޅަކީ ދިވެހިރާއްޖޭގައި ފަސްވަނައަށް ރަސްކަންކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަން ކުރެއްވީ އުތީމު ދަރިކޮޅެވެ. އިސްދޫ ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަ ރަންމުތް މަހާރަދުންނެވެ. މިއީ ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން އަލްވަޒީރު ޢަލީ ޝާހް ބަންދަރެވެ. މިރަދުންނަކީ އައްސުލްޠާން މުޙައްމަދު ދެއްވަދޫ ރަސްގެފާނުގެ ބޮޑު ޅިޔަނެވެ.   އިސްދޫ ދަރިކޮޅުގެ ބާނީ އައްސުލްޠާން ޢަލީ (ހަތްވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން، އެ ރަދުންގެ އަނބިކަނބަލުންނަށް ޒަޚަރު ދެއްވައި އެ ކަމަނާއާއި ބަނޑުފުޅުގައި އޮންނެވި ތުއްޕުޅު ބޭފުޅާ އަވަހާރަކޮށްލެއްވުމަށް ފަހުގައެވެ. މި ކަމަނާއަކީ އައްސުލްޠާން ޢަލީ (ހަތްވަނަ) އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. މި ދަރިކޮޅަށް އިސްދޫ ދަރިކޮޅު ކިޔަނީ މި ދަރިކޮޅުގެ ބާނީއަކީ އިސްދޫގައި ދިރިއުޅުއްވި އިބްރާހީމް ޝާހް ބަންދަރު ޖަމާލުއްދީން ބޮޑު ވެލާނާތަކުރުފާނުގެ ދަރިކަލަކަށް ވާތީއެވެ. ނަމަވެސް މި އާއިލާއަކީ އިސްދޫއަށް ދިރިއުޅުން ބަދަލުކުރައްވައިގެން އެރަށުގައި ދިރިއުޅުއްވި އާއިލާއަކަށް ވިޔަސް ހަތަރު މަތިފުށް ފުވައްމުލަކު އާއިލާއެކެވެ. އިސްދޫ ދަރިކޮޅުގެ ކުރު ރަސްކަމުގައި ސިޔާސީ އިންގިލާބުތައް ހިނގަމުން ދިޔައެވެ. މިކަމުގެ ސަބަބުން ޤައުމުގެ އެތެރޭގެ ހަމަޖެހުން އޮތީ ގެއްލިފައެވެ. މި ދަރިކޮޅުން ދިވެހިރާއްޖޭގެ ރަސްކަން 3 ބޭފުޅުން ކުރެއްވިއެވެ. އެ ބޭފުޅުންނަކީ:- 1. އައްސުލްޠާން ޢަލީ (ހަތްވަނަ) 2. އައްސުލްޠާން ޙަސަން (ދިހަވަނަ) 3. އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން އިސްދޫ ދަރިކޮޅަށްފަހު ދިވެހިރާއްޖޭގައި ރަސްކަންކުރެއްވީ ދިޔަމިގިލި ދަރިކޮޅުންނެވެ.

ގުޅުންހުރި ޚަބަރު