ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ބިދޭސީންގެ 98 އިންސައްތަ ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނޭ
ޚަބަރު

ބިދޭސީންގެ 98 އިންސައްތަ ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނޭ

މމުހައްމަދު އަލީ10 މޭ 2026
ސައްހަ ވޯކްޕާމިޓްގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތި ބިދޭސީންގެ 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނޭ ގޮތް ހަދައފިއެވެ. މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. "ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާ ނިމިފައި،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު 17 ވަނަ ދުވަހު މިއަދަދު ހުރީ އެންމެ 13 އިން ސައްތައިގައި ކަމަށެވެ. މިއީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން ކުރިއަށް އޮތް 6 މަސް ދުވަހު މަސައްކަތްކޮށް ބާކީ ތިބި މީހުން ހޯދައި ރާއްޖެއިންޑިޕޯޓުކުރެވޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު