ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ނޫސްވެރިން ޖަލަށްލުން، ވެރިކަމެއްގެ ނިމުމުގެ ފެށުން: އުމަރު
ޚަބަރު

ނޫސްވެރިން ޖަލަށްލުން، ވެރިކަމެއްގެ ނިމުމުގެ ފެށުން: އުމަރު

ޟޟަމްރަތު އަހްމަދު13 މޭ 2026
ނޫސްވެރިން ޖަލަށް ލައިގެން އަނގަ ބަންދުކުރަންޖެހޭ ހިސާބަށް ކަންކަން އައުމީ، އެ ވެރިކަމެއްގެ ނިމުމުގެ ފެށުން ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނ ނެރުއްވާފައިވާ ކުރު ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ފެންނަން އޮތްކަމެއް ކަމަށެވެ، "ރައްޔިތުންގެ ކަންކަމާ ހަވާލުވެތިބޭ ވެރީންނަކީ އާންމު އެހެން ފަރުދުންނާ ޚިލާފަށް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނޭ ބައެއްކަން ދެނެތިބެގެން އެކަންކަމާ ހަވާލުވާ ބައެކެވެ. ވެރީންނަށް ކުރެވޭ ތުހުމަތުތަކަކީ އެހެން އާންމު ފަރުދުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއް ނޫނެވެ." އުމަރު ވިދާޅުވެފައިވެއެވެ. އުމަރު ވިދާޅުވެފައިވަނީ ހުތުރުކަމެއްގައި ވެރީން ބައިވެރިނުވާކަން ސާބިތުވާންޖެހޭނީ ޝަރުއީކޯޓަކުންނޫން ކަމަށެވެ. "މައުސޫމުކަން ސާބިތުކުރަންޖެހޭނީ "ކޯޓް އޮފް ޕަބްލިކް އޮޕީނިއަންގައެވެ." އުމަރު ވިދާޅުވެފައިވަނީ އާންމުރައްޔިތުންގެ ވިސްނުމުގައި އެ ވެރިއެއް މައުސޫމް ކަމަށް ބުރަވެވެންޖެހޭ ކަމަށެވެ. ކުރެވޭ ތުހުމަތަށް އޮތް ހަމައެކަނި ޖަވާބަކީ "ދޮގެކޭ" ބުނުމަކުން ނުފުދޭ ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ. އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މިހާރުވަނީ ޖަލަށްލައިފައެވެ.

ގުޅުންހުރި ޚަބަރު