ދިވެހި|English 9 ޖުލައި 2026 · 03:58
Top banner
Advertisement
ނޫސްވެރި ކަމަށްދޭ ހަމަލާތައް ކާމިޔާބެއް ނުވާނެ:  ރައީސް ސާލިހް
ޚަބަރު

ނޫސްވެރި ކަމަށްދޭ ހަމަލާތައް ކާމިޔާބެއް ނުވާނެ:  ރައީސް ސާލިހް

ޟޟަމްރަތު އަހްމަދު13 މޭ 2026
ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދޭ ހަމަލާތައް ކާމިޔާބެއް ނުވާނޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމުން އެކަމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ މިނިވަންކަން ދިފާޢު ކުރުމުގައި ފަސްޖެހި ވަޑައިނުގަންނަވާ ކަމަށެވެ. "ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން ދިފާޢު ކުރުމުގައި އަޅުގަނޑުމެން ދުވަހަކުވެސް ފަހެއް ނުޖެހޭނަން،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދަދު ދެ ނޫސްވެރިއަކު ކަމަށްވާ ލީވާން ނަސީރާއި، މުހައްމަދު ޝަހުޒާން ޖަލަށްލާފައިވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެއެވެ. ރައީސް ސާލިހު ވިދާޅުވެފައިވަނީ އެ ދެނޫސްވެރިން ޖަލުގައި ބަންދުކުރުމަކީ ނޫސްވެރިންނަށް ބިރު ދެއްކުން ކަމަށެވެ. އަދި އާންމުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އަރައިގަތުން ކަމަށްވެސްވިދާޅުވެފައިވެއެވެ.  މި އަމަލަކީ ނޫސްވެރިކަމާ ދެކޮޅަށް ފެށިގެންދިޔަ ލަދުވެތި އައު ބާބެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު