ޚަބަރު
އިހުތިޖާޖުގައި އަޅުގަނޑު ހުންނާނަން، ރައްޔިތުން ވެސް އާދޭ: ނަޝީދު
ނޫސްވެރީން ހައްޔަރު ކުރުމާ ދެކޮޅަށް މީރޭ ބާއްވާ އިހުތިޖާޖުގައި ބައިވެރިވުމަށް ރައީސް މުޙައްމަދު ނަޝީދު އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިރޭގެ އިހްތިޖާޖުގައި އެމަނިކުފާނު ވެސް ބައިވެރިވެ ވަޑައިގަންނަވާނޭ ކަމަށެވެ. އެހެން ކަމުން އެންމެހާ ރައްޔިތުންވެސް އޭގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
"ނޫސްވެރީން ހައްޔަރު ކުރުމާ ދެކޮޅަށްކުރާ އިހުތިޖާޖަށް މިރޭ އެންމެހާ ބޭފުޅުން ނުކުމެ ވަޑައިގަތުން އެދެން. އަޅުގަނޑުވެސް ހުންނާނަން،" ނަޝީދު ވިދާޅުވެފައިވެއެވެ. މިރޭ މާލޭގައި ބާއްވާ އިހްތިޖާޖަކީ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމުން އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް ބާރުއަޅައި އަޑު އުފުލުމުގެ ގޮތުން ބާއްވާ އިހްތިޖާޖެކެވެ.
އިހްތިޖާޖު ފެށޭނީ މިރޭ 9:00 ގައެވެ. ހަރަކާތް އޮންނާނީ މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅީގައެވެ.