ދިވެހި|English 9 ޖުލައި 2026 · 03:56
Top banner
Advertisement
ނޫސްވެރީންގެ ދިފާއުގައި ތިން ރައީސުން  އެއްގަލަކަށް
ޚަބަރު

ނޫސްވެރީންގެ ދިފާއުގައި ތިން ރައީސުން  އެއްގަލަކަށް

ޟޟަމްރަތު އަހްމަދު14 މޭ 2026
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރީންނަށް އަނިޔާ ކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން އެކަން ހުއްޓުވުމުގެ މަސައްކަތް ކުރެއްވުމަށް ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ "ނޫސްވެރީންގެ ދިފާޢުގައި ތިން ރައީސުންއެކީ މަސައްކަތް ކުރެވޭނެ،" ކަމަށެވެ. ނޫސްވެރީންނަށް އަނިޔާ ކުރަމުންދާ ކަމަށް ބުނެ ނޫސްވެރިންގެ ދިފާއުގައި މިރޭ ބާއްވާ އިހްތިޖާޖުގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މަނިކުފާނާއެކު ގިނަ މީހުން ބައިވެރިވުމަށް އަދިވަޑައިގަންނަވާ ކަމަށެވެ. ރައީސް ސާލިހު ވިދާޅުވެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް މިސަރުކާރުން ގެންދަނީ ހުރަސް އަޅަމުން ކަމަށެވެ. އަދި އާންމުންނަށް ލިބިދީފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރުމަށް މިސަރުކާރުން މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެސް އެމަނިކުފާނު ވަނީ ކުރައްވައިފައެވެ. ރައީސް ސާލިހު އެހެން ވިދާޅުވީ ރާއްޖޭގެ ތިން ނޫސްވެރިއަކު ޖަލަށް ލާފައިވާ ވަގުތެއްގައެވެ. މިކަމާ ގުޅިގެން ޕީއެންއެފްއިން ބުނީ "މިވަގުތު ނޫސްވެރީންނަށް މިކުރާ އަނިޔާ ރައީސް ޔާމީން ކުށްވެރި ކުރައްވާ،" ކަމަށެވެ. ނޫސްވެރީންގެ ދިފާއުގައި ތިން ރައީސުން އެކީގައި މަސައްކަތް ކުރެވޭނޭ ކަމަށް ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ތެރެއިން (ވަކިން ޚާއްސަކޮށް) ރައީސް ނަޝީދާއި، ރައީސް ސާލިޙާއި، ރައީސް ޔާމީން އެކުގައި ނުކުމެ ވަޑައިގެން ގައުމު ސަކާމަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީކޮށްނެވެ. "އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް. މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރަން،" ފައްޔާޒު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު